ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ނަންބަރު (Iul)416-ESMED/2016/68 (18 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އިޢުލާނަށް އިޞްލާޙެއް ގެނައުމަށްފަހު، އަލުން އިޢުލާންކުރަމެވެ.
ޕިކަޕެއް ގަންނަން ބޭނުންވެއްޖެ:
މި އިދާރާއަށް ރިފަރބިޝްޑް 1.5 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މި އިދާރާއަށް ޕިކަޕެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށްް އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، 6840006 / 9521000 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ހުށަހަޅަންވީ ތަކެތި:
- ޕިކަޕް ވިއްކޭނެ އަގު (ގދ. މަޑަވެއްޔަށް ގެނައުމާއެކު)
- ސަޕްލައިކޮށްދޭނޭ މުއްދަތު
- ޓެކްނިކަލް ސްޕެސިފިކޭޝަން
- ވޮރެންޓީ ލިޔުން ނުވަތަ (2012ގެ ފަހުގެ އުފެއްދުމެއްކަން އެނގޭ)
- ކުންފުނީގެ މަޢުލޫމާތު (ޕްރޮފައިލް، ރަޖިސްޓަރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ) އެހެން ފަރާތްތަކަށް ޕިކަޕެއް ވިއްކާފައިވާނަމަ، ވިއްކިކަމުގެ ލިޔުން، ޖީ.އެސް.ޓީ ގެ ކޮޕީ އަދި މާލީ ޤާބިލުކަން އަންގައިދޭ ލިޔުން. ނުވަތަ އަމިއްލަ ޕިކަޕެއް އޮތްކަން އެނގޭނޭ ލިޔުމެއް ހުށަހެޅުން އެދެމެވެ.
އަންދާސީހިސާބު އިވެލުއޭޓްކުރެވޭ ގޮތުގެ ތަފުސީލު:
އަގަށް: 70 ޕޮއިންޓް (އެންމެ އަގުހެޔޮ ފަރާތަކަށް ގިނަ މާކްސް ލިބޭ އުސޫލުން)
މުއްދަތަށް: 15 ޕޮއިންޓް (އެންމެ ކުރު މުއްދަތަށް ގިނަ މާކްސް)
ތަޖުރިބާ: 05 ޕޮއިންޓް (މިފަދަ ތަކެތި ސަޕްލައިކޮށްފައިވާނަމަ، މަސައްކަތްކުރިކަމުގެ ލިޔުންތަކަށް)
ވޮރެންޓީ: 10 ޕޮއިންޓް (އެންމެ ދިގު މުއްދަތަށް ވޮރެންޓީ ހުށަހަޅާ ފަރާތަށް ގިނަ މާކްސް ލިބޭ ގޮތަށް)