ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)240-CA/240/2016/86
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 20 ސެޕްޓެންބަރު 2016 13:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރުނީޗަރ ގެނެސް ރާވައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރ ހޯދުމާގުޅޭ:

ހައްދުންމަތީ އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރު ގެނެސް ރާވައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ކައުންސިލުގެ ނަންބަރު (IUL)240-CA/240/2016/82 (17 އޮގަސްޓު 2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރު ގެނެސް ރާވައިދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނުކުރީމެވެ. 

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016