ކުއްޔަށް ހިފުން
ނަންބަރު: MRDC/IFB/2016/28
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 18:05
ސުންގަޑި: 18 ސެޕްޓެންބަރު 2016 13:00
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
03 ޕިކަޕް (1.5 ޓަން ނުވަތަ 2 ޓަން) ކުއްޔަށް ހިފުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

03 ޕިކަޕް (1.5 ޓަން ނުވަތަ 2 ޓަން) ކުއްޔަށް ހިފުން

މި ކޯޕަރޭޝަނުން ޏ.ފުވައްމުލަކުގައި ކުރިއަށްގެންދާ ވޭސްޓް މޭނެޖްމަންޓް ޕްރޮޖެކްޓުގައި ބޭނުންކުރުމަށް 1.5 ޓަނުގެ ނުވަތަ 2 ޓަނުގެ 3 ޕިކަޕް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު MRDC/IFB/2016/24 އަށް އިޞްލާޙުތަކެއް ގެންނަން ބޭނުންވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.   

ވީމާ، މި ތަކެތި ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ކޯޕަރޭޝަންގެ ޏ.ފުވައްމުލަކު ސައިޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ކޯޕަރޭޝަންގެ ޏ.ފުވައްމުލަކު އޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަޅަންވާނީވެސް މި އެޑްރެހަށެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު

ޕޯސްޓަލްކޯޑް: 20386

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު:  9603320657 +

ފެކްސް ނަންބަރު:  9603317133 +

28 ޛުލްޤަޢިދާ 1437 

31 އޮގަސްޓް 2016