މަސައްކަތް
ނަންބަރު: GS62/I/2016/38
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި:
28 ސެޕްޓެންބަރު 2016 10:00
މަރަދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަރަންޓް ޕެނަލް ބެހެއްޓުމަށް
އިޢުލާން
މި ސްކޫލުގައި މިހާރު ޢިމާރާތް ކުރަމުންދާ ދެބުރި ޢިމާރާތަށް ކަރަންޓުލުމަށްޓަކައި، މޯލްޑިވްސް އެނަރޖީ އޮތޯރިޓީ ގަބޫލުކުރާ ޕެނަލެއް މެދުވެރިކޮށް، 63 އެމްޕިއަރުން މަތީގެ ކަރަންޓަށް ބަދަލުކުރުމުގެ މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ޝެޑިއުލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- މަޢުލޫމާތު ދިނުން: 19 ސެޕްޓެންބަރު 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މަރަދޫ ސްކޫލުގައެވެ.
- އަންދާސީހިސާބު ހުށަހެޅުން: 28 ސެޕްޓެންބަރު 2016 ވާ ބުދަ ދުވަހުގެ 10:00 ގައި މަރަދޫ ސްކޫލުގައި އޮންނާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.
31 އޮގަސްޓް 2016