މަސައްކަތް
ނަންބަރު: (IUL)376/376/2016/27
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 05 ސެޕްޓެންބަރު 2016 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު

މި އިދާރާގެ ނަންބަރު 376/376/2016/25 (IUL) އިޢުލާނު ބާޠިލުކޮށް، މި ދަންނަވާ ތަންތާނގައި މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ދ. ބަނޑިދޫ މަސްޖިދުއްރަޙުމަތު ހިމެނޭ ޢިމާރާތުގެ ގޯތިތެރޭގައި ބަހައްޓާފައިހުރި ވާރޭފެން ރައްކާކުރާ 8 ކަޅުހަން ބަހައްޓާފައިވާ ބުޑުތަކާއި، ހަންތަކުގެ ވައިރިންގ މަރާމާތު ކުރުމާއި، ހަންތައް ހިޔާކުރުމުގެ މަސައްކަތް ކުރުމާއި، އަދި ފުޓްބޯޅަދަނޑުގެ ސަރަޙައްދުގައި 5000 ލީޓަރުގެ 8 ކަޅުހަން ބެހެއްޓުން.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2016 ސެޕްޓެންބަރު 5 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގހޯލްގައެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 5 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބިޑް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފުސީލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

 

 

އަގު

 

 

75%

ހުޅަހަޅާ އަގަށް ދެވޭ މާކްސް

މާކްސް ދެވޭނީ، އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ކުޑަ އަގަށެވެ.

 

 އެންމެ ކުޑައަގު 75x

ހުށަހެޅިފައިވާ އަގު

 

 

ތަޖްރިބާ

 

 

15%

ތަޖުރިބާއަށް ދެވޭ މާކްސް

މާކްސް ދެވޭނީ، އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ މުއްދަތުގެ ތެރެއިން އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން % އެއް. މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ދިގު މުއްދަތަށެވެ.

 

   މުއްދަތު   15x
އެންމެ ދިގު މުއްދަތު

 

 

 

މުއްދަތު

 

 

10%

މަސައްކަތް ނިންމުމަށް ބޭނުންކުރާ މުއްދަތު

މާކްސް ދެވޭނީ، އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތުގެ ތެރެއިން އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތުގެ މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަށެވެ.

އެންމެ ކުރުމުއްދަތު 10x  އެންމެ ދިގު މުއްދަތު

01- ބިޑް އިވެލުއޭޓް ކުރާނީ މި އިދާރާގެ ފަރާތުން އެކުލަވާލެވޭ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

02- ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޝަރުޠު ފުރިހަމަވާ އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސައްކަތް ހަވާލު ކުރެވޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެނގޭނެއެވެ.

03– ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް އޮތް ނަމަ، ސިޓީއަކުން މި އިދާރާއަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދު ކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާނުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

ދ. ބަނޑިދޫ ކައުންސިލުގެ އިދާރާ

ދ. ބަނޑިދޫ، ދިވެހިރާއްޖެ

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ 13:00ގައި މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތަފުސީލުތައް އިވެލުއޭޝަންފޯމުގައި ފުރިހަމަ ކުރެއްވުމަށްފަހު ސޮއިކުރެވޭނެއެވެ. އަދި އެއަށްފަހު ބިޑް އިވެލުއޭޓް ކުރުމަށްޓަކައި ދ. ބަނޑިދޫ ކައުންސިލުގެ އިދާރާއިން އެކުލަވާލާފައިވާ ބިޑްއިވެލުއޭޝަން ކޮމިޓީއަށް ހުރިހާ ލިޔުންތައް ހުށަހެޅޭނެއެވެ. އަދި އިވެލުއޭޝަން ކޮމިޓީން ބިޑް އިވެލުއޭޓް ކުރުމަށްފަހު އެކަން ކައުންސިލުގެ އިދާރާއަށް އެންގުމުން ބިޑް ކާމިޔާބު ކުރެއްވި ފަރާތަށް އަދި ބިޑް ހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް ކައުންސިލުގެ އިދާރާގެ ލިޔުމަކުން އަންގާނެއެވެ. ބިޑް މީޓިންގގައި އެއްވެސް ޑޮކިއުމެންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016