މަސައްކަތް
ނަންބަރު: (IUL)226-F/PRIV/2016/20
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 20 ސެޕްޓެންބަރު 2016 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑްރޫމެއް އަޅައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިދާރާގެ ގޯތިތެރޭގައި ގާޑްރޫމެއް އަޅައިދޭނެ ފަރާތެއް ހޯދަން ކުރި މިއިދާރާގެ ނަންބަރު: (IUL)226-F/PRIV/2016/16 (21 ޖުލައި 2016) އިޢުލާން، މަޢުލޫމާތަށް އައި ބަދަލަކާ ގުޅިގެން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި އިދާރާގެ މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. މި އިދާރާއިން ދައްކާ ކުރެހުމަކާ އެއްގޮތަށް، މި އިދާރާގެ ގޯތިތެރޭގައި ގާޑްރޫމެއް އެޅުން.
  2. ޢިމާރާތު ބޭރުގައި ހުރި ލައިޓްތަކުގެ ކަރަންޓް ވައިރިންގ ބަދަލުކުރުން.
  3. މި.އިދާރާގެ އޮފީސް ޢިމާރާތުގެ ފުރާޅުގެ ޓިނު އިސްކުރުތައް ބަދަލުކުރުން.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައި މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.

މި މަސައްކަތްތައް ކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ 11:00 ގައި މި އިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތަކާއި ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުގެ ތެރެއިން އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ސެޕްޓެންބަރު 25 ވާ އާދީއްތަދުވަހުގެ 11:00 ގައި މިއިދާރާގައެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

27 ޛުލްޤަޢިދާ 1437

30 އޮގަސްޓް 2016