މަސައްކަތް
ނަންބަރު: GS81(G)/IUL/2016/33
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 06 ސެޕްޓެންބަރު 2016 13:00
ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ކައުންސިލާއި ވަށަފަރު ސްކޫލާ ދެމެދު ކޯރު ކޮނެދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ވަށަފަރު ކައުންސިލާއި ވަށަފަރު ސްކޫލާ ދެމެދު ކޯރު ކޮނެދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS81(G)/IUL/2016/31 (21 ޖުލައި 2016) އިޢުލާނަށް ބިޑު ހުށަހަޅާފައިވާ އެއްވެސް ފަރާތަކުން ވިޔަފާރި ރަޖިސްޓަރީކޮށްފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ. އަދި މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

  • ވަށަފަރު ކައުންސިލާއި ވަށަފަރު ސްކޫލާ ދެމެދުގައި ކޯރުކޮނުން.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

25 ޛުލްޤަޢިދާ 1437

28 އޮގަސްޓް 2016