މަސައްކަތް
ނަންބަރު: (IUL)240-CA/240/2016/85
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 20 ސެޕްޓެންބަރު 2016 11:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަތޮޅުގޭގައި ކުރުމަށް ބޭނުންވާ މަރާމާތުތަކާ ގުޅޭ

މި އަތޮޅުގެ އަތޮޅުގެއާއި، ކާގެއާއި ބަދިގޭގެ ބައެއް މަރާމާތުކޮށް، މި ކައުންސިލުން ދޭ ކުރެހުމާ އެއްގޮތްވާގޮތުގެމަތިން އަތޮޅުގޭގެ ގޯތިތެރޭގައި ގައު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016