ވަޒީފާގެ ފުރުޞަތު
ނަންބަރު: 113/2016/I/AD-170
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 21:01
ސުންގަޑި: 29 ސެޕްޓެންބަރު 2016 12:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޗީފް އިންވިޖިލޭޓަރުން ހޯދުމަށް

ޗީފް އިންވިޖިލޭޓަރުން ހޯދުމަށް

2016 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް ޗީފް އިންވިޖިލޭޓަރުން ހޯދުމަށް

2016 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް ޗީފް އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ 2 ބޭފުޅުން ބޭނުންވެއެވެ.

އިމްތިޙާނުތަކަށް ކަނޑައެޅޭ ޗީފް އިންވިޖިލޭޓަރުންގެ ޝަރުޠު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ އިމްތިޙާނުތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލުމާ ޙަވާލުވެ ތިބޭ ޗީފް އިންވިޖިލޭޓަރުންނަކީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ މީހުންނަށް ވާންޖެހޭނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން

  2. އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން

  3. ޖީސީއީ އޯލެވެލް ފެންވަރަށް އިނގިރޭސި ބަސް އެނގޭ މީހަކަށްވުން

  4. އިމްތިޙާނު ހިންގައި ބެލެހެއްޓުމުގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ މީހަކަށްވުން

  5. އިމްތިޙާނުގެ މަސައްކަތް ފެށޭ ތާރީޚުން ފެށިގެން ނިމޭ ތާރީޚާ ހަމައަށް، އިމްތިޙާނު އޮންނަ ހުރިހާ ދުވަހެއްގެ ހުރިހާ ދަންފަޅިއަކަށް އައުމަށް ދަތިކަމެއް ނެތް މީހަކަށްވުން

  6. އެ މީހަކު އިންވިޖިލޭޓުކަން ކުރާ އިމްތިޙާނަށް ދަރިވަރުން ތައްޔާރުކޮށްދޭ ނުވަތަ އެ އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ކިޔަވައިދޭ މީހަކަށް ނުވުން.

  7. އެ މީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން

  8. އެ މީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާންކުރާ މީހަކު ނުވުން.

*  މަންމަ                             *  ބައްޕަ

*  އަނބިމީހާ                           *  ފިރިމީހާ

*  އެއްބަނޑު އެއްބަފާ މީހެއް                 *  އެއްބަނޑު / އެއްބަފާ މީހެއް

*  ދަރިއެއް                            *  ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް  

މިކަމަށް އެދޭ ފޯމު މި ޔުނިވަރސިޓީގެ ރިސެޕްޝަނުން ދޫކުރަމުން ގެންދާނެއެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

- އިތުރު މައުލޫމާތު ސާފުކުރުމަށް 3325488 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

28 އޮގަސްޓް 2016