ވަޒީފާގެ ފުރުޞަތު
ނަންބަރު: 112/2016/I/AD-170
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 20:58
ސުންގަޑި: 29 ސެޕްޓެންބަރު 2016 12:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމަށް

އިންވިޖިލޭޓަރުން ހޯދުމަށް

2016 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ހޯދުމަށް

2016 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ބޭނުންވެއެވެ.

އިމްތިޙާނުތަކަށް ކަނޑައެޅޭ އިންވިޖިލޭޓަރުންގެ ޝަރުޠު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ އިމްތިޙާނުތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލުމާ ޙަވާލުވެ ތިބޭ އިންވިޖިލޭޓަރުންނަކީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ މީހުންނަށް ވާންޖެހޭނެއެވެ.

  1. އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން.

  2. އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހަކު ކަމުގައިވުން.

  3. އެ މީހަކު އިންވިޖިލޭޓްކުރާ (އެ އަހަރުގެ) އިމްތިހާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާންކުރާ މީހަކު ނުވުން:

  • މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް.

މިކަމަށް އެދޭ ފޯމު މި ޔުނިވަރސިޓީގެ ރިސެޕްޝަނުން ދޫކުރަމުން ގެންދާނެއެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

- އިތުރު މައުލޫމާތު ސާފުކުރުމަށް 3325488 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

30 އޮގަސްޓް 2016