ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމުގެ ނަން: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މުސާރަ: މަހަކު -/6295 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ |
|
މަޤާމުގެ ރޭންކް: އެމް.އެސް 2 |
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2 |
ބޭނުންވާ އަދަދު: 1 |
|
މަސައްކަތް ކުރަންޖެހޭ ތަން: ބިއުރޯ |
|||
ޝަރުޠު: 1- އޮފީސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 2- އޮފީސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 3- އޮފީސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ 4- އޮފީސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓުގެ ދާއިރާއިން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
|||
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: 1- ބިއުރޯއިން ބާއްވާ ބައްދަލުވުންތަކުގެ ޔަޢުމިއްޔާއާއި ބައްދަލުވުންތަކުން ނިންމާ ކަންތައްތައް ކުރިއަށްދާ ގޮތް ބަލައި، ލިޔެކިޔުންތައް ބެލެހެއްޓުން 2- ޑިޕާޓްމަންޓުގެ ވެރިންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ނިންމާ ކަންތައްތައް ކުރިއަށްދާ ގޮތް ބަލައި ވިލަރެސްކުރުން 3- ސީނިއަރ ސްޓާފުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ނިންމާ ކަންތައްތައް ކުރިއަށްދާ ގޮތް ބަލައި ވިލަރެސްކުރުން 4- އެޗް.އާރް.އެމް.ޑީ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި ޔަޢުމިއްޔާ ލިޔެ ބެލެހެއްޓުމާއި ކޮމިޓީގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި ކޮމިޓީގެ މެންބަރުންނަށް ޔަޢުމިއްޔާ ފޮނުވުން 5- ބިއުރޯއަށް ލިބޭ ލިޔުންތަކަށް މިނިސްޓަރު އަދި ޕީ.އެސްގެ ލަފާއާއެކު ޖަވާބުދިނުމަށްފަހު ފައިލުކުރުން 6- ބިއުރޯއިން ރާވާ ދަތުރުތަކުގެ ހުއްދަ ހޯދުމާއި ދަތުރުގެ އެހެނިހެން ކަންކަން ހަމަޖެއްސުން 7- ސެކްޝަންތަކާއެކު ވަކިން ބާއްވާ ބައްދަލުވުންތަކުގައި ނިންމާ ކަންތައްތައް ކުރިއަށްދާ ގޮތް ބަލައި، ލިޔެކިޔުންތައް ބެލެހެއްޓުމާއި ސެކްޝަންތަކަށް ޔައުމިއްޔާ ފޮނުވާތޯ ބެލުން 8- ޑިޕާޓްމަންޓްތަކުން މަހުން މަހަށް ފޮނުވާ މަންތުލީ ރިޕޯޓުތަކުގެ ސްޓޭޓަސް ބެލެހެއްޓުން 9- ސެކްޝަންގެ ދުވަހުގެ ޔަޢުމިއްޔާ ގަވާއިދުން އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ފޮނުވާތޯ ބެލުން 10- ބިއުރޯގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން |
|||
ނޯޓު: - މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. - މި މަޤާމުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމުގައެވެ. - މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ. - ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް:
ސުންގަޑި: 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން |
|||
ވެބް ސައިޓް އެޑްރެސް www.youth.gov.mv
|
22 ޛުލްޤަޢިދާ 1437