ނީލަން
ނަންބަރު: 113-CCD/I-2016/75
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި:
04 ސެޕްޓެންބަރު 2016 02:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަދުވަހު ބަހައްޓާފައިވާ މުދާތައް ނީލަމުގައި ވިއްކާލުން
އިޢުލާން
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަ ދުވަހު ބަހައްޓާފައިވާ މިދަންނަވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.
- މުދަލުގެ އަދަދާއި ބާވަތް: (ތަފުސީލު އެޓޭޗް ލިސްޓުގައި)
- ނީލަން ކިއުން އޮންނަ ތަން: ސަރވިސް ބިލްޑިންގގެ މީޓިންގ ރޫމް-2 ގައި
- ނީލަން ކިޔަން ފެށުން: 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހު މެންދުރުފަހު 4:00 ން ފެށިގެން.
- ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހު މެންދުރުފަހު 02:30 ގެ ކުރިން މި ކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓްގައި ނަން ނޯޓުކުރާ ފަރާތްތަކަށެވެ. ނަން ނޯޓުކުރައްވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ނީލަން ކިޔާ މުދާ ބެލުން: 2016 ސެޕްޓެންބަރު 3 ވާ ހޮނިހިރު ދުވަހު އަދި 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހު ހެނދުނު 09:30 ން 11:30 އަށް (މި ކުންފުނީގެ ތިލަފުށި ސަރަހައްދުގައި)
- ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. އަދި މުދާ ކްލިއަރ ކުރަން ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން މި ކުންފުނިން ފޯރުކޮށް ދެވޭނެއެވެ.
- ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ އެ ވަގުތު ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓް ފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެ މުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ.
- ނީލަން ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާ ހަވާލުވާން ވާނެއެވެ.
- ޖީއެސްޓީ ގޮތުގައި %6 ނީލަން ނިމޭ އަގުން ނެގޭނެއެވެ.
ނީލަން ނިމޭ އަގު |
ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު |
||
500.00 |
ރ |
އާ ހަމައަށް އަގުގެ |
100% |
1,000.00 – 501.00 |
ރ |
އާ ހަމައަށް އަގުގެ |
25% |
10,000.00 – 1,001.00 |
ރ |
އާ ހަމައަށް އަގުގެ |
15% |
10,001.00 |
ރ |
އިން ފެށިގެން މައްޗަށް އަގުގެ |
10% |
- މުދާ ދޫކުރެވޭނީ މި ކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފައިސާ ދެއްކެވުމަށްފަހު ޑެލިވަރީ އޯޑަރ މިކުންފުންޏަށް ހުށަހެޅުއްވުމުންނެވެ. މި ކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަކަށެވެ.
- ނީލަން ނިމި، ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާޠިލުކުރެވޭނެއެވެ. އަދި އެފަދަ ފަރާތަކަށް މި ކުންފުނިން ބާއްވާ އެހެން ނީލަމެއްގައި ބައިވެރިވެވޭނީ ނީލަން ބާޠިލުވާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ.
- ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖް ނަގާނީ މި ކުންފުނީގެ ސްޓޯރޭޖް ފީއާ ބެހޭ ގަވާއިދުގެ މަތިންނެވެ.
- ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓާ ސްޓޯރޭޖް ފައިސާގެ އަދަދު މުދަލުގެ އަގަށް ދެއްކި ފައިސާއާ އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާޠިލުވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ނުކުރެވޭނެއެވެ.
- ނީލަމާބެހޭ މަޢުލޫމާތު މި ކުންފުނީގެ ވެބްސައިޓުން (www.port.com.mv) ލިބިވަޑައިގަންނަވާނެއެވެ.
27 ޛުލްޤަޢިދާ 1437
29 އޮގަސްޓް 2016