ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2016/80
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 07 ސެޕްޓެންބަރު 2016 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، އިންޓަރނޭޝަނަލް ރިލޭޝަންސް

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޑިރެކްޓަރ، އިންޓަރނޭޝަނަލް ރިލޭޝަންސް

ރޭންކް:

އީ.އެކްސް. 1

ކްލެސިފިކޭޝަން:

ޑިރެކްޓަރ

ޑިވިޜަން:

ކޯޕަރޭޓް އެފެއާޒް

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/4000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 3092/25 ރުފިޔާ (އަސާސީ މުސާރައިގެ 35%)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

 

  1. އިންޓަރނެޝަނަލް ރިލޭޝަންސް ދާއިރާ ނުވަތަ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ނުވަތަ އިންޓަރނެޝަނަލް ލޯ ނުވަތަ ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  2. އިންޓަރނެޝަނަލް ރިލޭޝަންސް ދާއިރާ ނުވަތަ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ނުވަތަ އިންޓަރނެޝަނަލް ލޯ ނުވަތަ ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އިންޓަރނޭޝަނަލް ރިލޭޝަންސްގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. އިންޓަރނޭޝަނަލް ރިލޭޝަންސްގެ މަސައްކަތްތައް ތަރައްޤީކޮށް ބޭނުންވާ ސްޓްރެޓެޖީތަކާއި އުސޫލުތައް އެކުލަވައިލައި އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުން.
  3. ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މަސައްކަތާއި ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ރާއްޖޭން ބޭރުގައި މިފަދަ އެހެން އިދާރާތަކާއެކު ގުޅުން ޤާއިމު ކުރުމާއިބެހޭ މަސައްކަތްކުރުން.
  4. ސިވިލް ސަރވިސްގެ މަސައްކަތާއި ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންވާނެ އެކިއެކި ފުރުޞަތުތައް ހޯދައިދިނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތްކުރުން.
  5. ދިވެހި ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތް ހަރުދަނާ ކުރުމަށް ބޭނުންވާނެ ތަމްރީން ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި އެހީއާއި ވަސީލަތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  6. ދިވެހި ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ރާއްޖޭން ބޭރުގެ ޑޯނަރ އޭޖެންސީތަކުގެ އެހީ ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  7. ރާއްޖޭން ބޭރާ ގުޅިގެން ހިންގޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި ސިވިލް ސަރވިސް ކޮމިޝަނާއި އެފަދަ ފަރާތްތަކާއެކު ކުރަންޖެހޭ އެންމެހައި މުޢާމަލާތުތައް ކުރުން.
  8. ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކާއި ސިވިލް ސަރވިސް ކޮމިޝަނާއެކު އެއްބަސްވާ އެމް.އޯ.ޔޫތައް ތައްޔާރުކުރުމާގުޅޭ މަސައްކަތްތައް ކުރުން. އަދި އެފަދަ އެމް.އޯ.ޔޫތަކުގައި ހިމެނޭ ކޮމިޝަނުގެ މަސައްކަތްތައް ވިލަރެސްކުރުން.
  9. ހަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  10. ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތަތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް މީހުން ހޮވުމުގައި ޕޮއިންޓް ދެވޭނެ ކްރައިޓީރިއާ:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)

ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

  • އިންޓަރނޭޝަނަލް ރިލޭޝަންސްއާއި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވުން
  • އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ ގާބިލުކަން ހުރި މިންވަރު
  • ދިވެހި ބަސް ނޫން އެހެން ބަސް ބަސް ބޭނުންކުރަން އެނގޭ މިންވަރު
  • ރާއްޖެއިން ބޭރުގެ ޖަމްޢިއްޔާ/ޖަމާޢަތްތަކާއި ޤައުމުތަކުގެ އިންސްޓިޓިއުޝަންތަކާ މުޢާމަލާތުކޮށް، ކޮމިޝަނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދައިދީ އެ ތަންތަނާއެކު ކުރެވޭ މުޢާމަލާތްތަކުގައި ކޮމިޝަން ރެޕްރެޒެންޓް ކުރުމުގެ ޤާބިލުކަން ހުރި މިންވަރު

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި ޕްރެކްޓިކަލްސް 2016 ސެޕްޓެންބަރު 18 އާއި 2016 ސެޕްޓެންބަރު 22 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

              25 ޛުލްޤަޢިދާ 1437

 

 

28 އޮގަސްޓް 2016