ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމުގެ ނަން: ސީނިއަރ ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރ |
މުސާރަ: މަހަކު -/6295 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ |
|
ރޭންކް: އެމް.އެސް 2 |
ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ބޭނުންވާ އަދަދު: 1 |
|
މަސައްކަތް ކުރަންޖެހޭ ތަން: ސްޕޯޓްސް ޑިޕާޓްމަންޓް |
|||
ޝަރުޠު: 1- ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 2- ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 3- ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ 4- ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓުގެ ދާއިރާއިން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
|||
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: 1- ކުޅިވަރުގެ ޤައުމީ އެސޯސިއޭޝަންތަކާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން. 2- ޒޯން ސްޓޭޑިއަމްތައް ބެލެހެއްޓުމުގެ މަސައްކަތްކުރުން. 3- ކުޅިވަރާ ގުޅުންހުރި މަޢުލޫމާތު އެއްކުރުމާއި، ޑޭޓާ ބޭސް ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން. 4- ސްޕޯޓްސް ޑިޕާޓްމެންޓްގެ އިދާރީ މަސައްކަތްތައްކުރުން. 5- ސްޕޯޓްސް އެރީނާތައް ބެލެހެއްޓުން. 6- ކުޅިވަރުގެ ވަސީލަތްތައް ހަމަޖެއްސުމާއި، މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން. 7- އެކި ފަރާތްތަކަށް ކުޅިވަރުގެ އެހީ ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
|||
ނޯޓް: - މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. - މި މަޤާމުގެ އިންޓަރވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ. - މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ. - ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|||
ވެބްސައިޓް އެޑްރެސް www.youth.gov.mv
|
22 ޛުލްޤަޢިދާ 1437