ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-HR/1/2016/101
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 04 ސެޕްޓެންބަރު 2016 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:   ސީނިއަރ ޔޫތު އޮފިސަރ

މުސާރަ: މަހަކު -/6295 ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ރޭންކް: އެމް.އެސް 2

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  ޔޫތު ޑިޕާޓްމަންޓް

ޝަރުޠު:

1- މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4  ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

 ނުވަތަ

2- މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3- މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

ނުވަތަ

4- މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓުގެ ދާއިރާއިން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. އަތޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް، ޒުވާނުންގެ މަރުކަޒުތައް މެދުވެރިކޮށް ހިންގޭ މުނިފޫހިފިލުވުމާއި، އިޖުތިމާޢީ ކަންކަމާ ބެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން.
  2. މަރުކަޒުގެ ފަރާތުން ޒުވާނުންގެ ދުޅަހެޔޮކަމާބެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން. މިގޮތުން، ދެ ޖިންސުގެ ޒުވާނުންނަށް ޖިމް، އެރޮބިކްސް، ޒުންބާ، ޔޯގާ ފަދަ ކަސްރަތާއި ޞިއްޙަތާ ގުޅޭ ޕްރޮގްރާމްތައް ހިންގުން. އަދި މި ޕްރޮގްރާމްތައް ހިންގާއިރު، ކަމާގުޅޭ މުވައްޒަފުންވާނަމަ، މިސާލަކަށް، ޖިމާއި އެރޮބިކް އިންސްޓްރަކްޓަރުންނާއި، ކައުންސިލަރުންނާ ގުޅިގެން މި ޕްރޮގްރާމްތައް ރާވައި ހިންގުން. އަދި ޖިމާއި އެރޮބިކްސް ފަދަ، ޒުވާނުންގެ ކަސްރަތު ޕްރޮގްރާމްތައް ހިންގާނެ ފަރާތްތައް ބިނާކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައި ހިންގުން.
  3. އަތޮޅުތަކަށް ބޭނުންވާ ކައުންސެލިންގ ފަދަ ޚިދުމަތް ދޭނެ ފަރާތްތައް ބިނާކުރާނެ ޕްރޮގްރާމްތައް ރާވައި ހިންގުން. 
  4. މަރުކަޒުތަކާ ގުޅިގެން އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބާއްވަން ބޭނުންވާ މުބާރާތްތަކާއި ޕްރޮގްރާމްތަކާބެހޭ ޕްރޮޕޯޒަލްތަކާބެހޭ މަސައްކަތްތައް، ޔުނިޓް އަދި ސެކްޝަންގެ ވެރިންނާ ގުޅިގެން ކުރިއަށް ގެންދިއުން.
  5. މަރުކަޒަށް އަންނަ ޒުވާނުންގެ ޚިޔާލު ހޯދައި އެމީހުންގެ ޚިޔާލާ އެއްގޮތަށް ޕްރޮގްރާމްތައް އެކުލަވާލައި ހިންގުން. މިގޮތުން، ޕްރޮގްރާމްތައް އެކުލަވާލުމުގައި އެމީހުން ބައިވެރިކުރުވުން.
  6. ދިވެހިރާއްޖޭގެ ޒުވާނުންނާބެހޭ މަޢުލޫމާތު އެއްކުރުމާއި، ޒުވާނުންނާބެހޭ ޤައުމީ ފެންވަރުގެ ކަންކަމުގައި ޒުވާނުން ބައިވެރިކޮށް ޒުވާނުންގެ ޚިޔާލު ހޯދުން.
  7. ސްކޫލްތަކާއި އެހެނިހެން މުވައްސަސާތަކާ ގުޅިގެން ޒުވާނުންގެ ޕްރޮގްރާމްތައް ހިންގުން.
  8. ސެންޓަރުތައް ޤާއިމު ކުރެވިފައިވާ ރަށްރަށާއި ޤާއިމު ކުރެވިފައި ނުވާ ރަށްރަށުގައި ޕްރޮގްރާމްތައް ހިންގާނެގޮތެއް އެކުލަވާލުން. އަދި ސެންޓަރުތައް ހުރި ރަށްރަށާ ގުޅިގެން، ސެންޓަރުތައް ނެތް ރަށްތަކުގައި ދިރިއުޅޭ ޒުވާނުންގެ ޕްރޮގްރާމް ހިންގުން.
  9. މަރުކަޒުގެ ފަރާތުން ހިންގާނެ ޕްރޮގްރާމްތައް އަހަރު ފެށުމުގެ ކުރިން ރޭވުމާއި، ކަލަންޑަރާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.
  10. ޕްރޮގްރާމް ހިންގުމަށްފަހު، ޕްރޮގްރާމްގައި ބޭނުންކުރި ތަކެތި ރައްކާކޮށް، ތަންތަނުން ނަގާފައިވާ ތަކެތިވާނަމަ، އޮންނަ ގަވާއިދަކާއި މުއްދަތެއްގެ ތެރޭގައި، އެތަކެތި ނެގި ފަރާތަކާ ގަވާއިދުން ހަވާލުކުރުން.
  11. އަތޮޅުތެރޭގެ މަރުކަޒުތައް ހިންގުމަށް ކަނޑައެޅިފައިވާ މިނިސްޓްރީގެ މުވައްޒަފު (ޔޫތު އޮފިސަރ) ސުޕަވައިޒް ކުރުން. އަދި މަރުކަޒުތަކުގެ އިދާރީ މަސައްކަތްތައް ކުރިއަށްދަނީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަނގަޅަށްތޯ ބެލުން.
  12. މަރުކަޒުތަކުން ހިންގޭ ޕްރޮގްރާމްތަކާބެހޭ ރިޕޯޓްތައް އެކުލަވާލުން. އަދި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ފޮނުވުން.

ނޯޓް:

- ޔޫތު ވާކަރސްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- މި މަޤާމުގެ އިންޓަރވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ.

-  ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

    ވެބްސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016