މަސައްކަތް
ނަންބަރު: (IUL)438-RDS/1/2016/154
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 18 އޮގަސްޓް 2016 11:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ބ.ހިތާދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކުނި ކޮށްޓާބެހޭ

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ބ.ހިތާދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކުނި ކޮށީގެ މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.             

ޕްރީ ބިޑް ބައްދަލުވުން

މި މަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11.30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ. އަދި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެކަން ދަންނަވަމެވެ.  

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11.30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީއުރައިގައި ބީލަން ބަންދުކުރުމަށްފަހު ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް ޖައްސަވައި 18 ސެޕްޓެންބަރު 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

"ބ.ހިތާދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކުނި ކޮށްޓާ ބެހޭ އިޢުލާނު ނަންބަރު: (IUL)438-RDS/1/2016/154"

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392،

ދިވެހިރާއްޖެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
29 އޮގަސްޓް 2016