ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
ތިރީގައި ދެންނެވިފައިވާ އައިޓަމް މި ކުންފުންޏަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H-2016/144A އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަ ނޫން ކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
Item |
Description |
Qty |
1 |
Business-Class Laptop Brands: HP, DELL, ASUS, Lenovo |
5 |
މި އައިޓަމް ސަޕްލައިކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.
ހުށަހަޅަންވީ ތަކެތި:
-
ސަޕްލައިކޮށްދެވޭނެ އަގު
-
ސަޕްލައިކޮށްދެވޭނެ މުއްދަތު
-
ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތް ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
-
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
މި ޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:
އަގަށް: 80 ޕޮއިންޓް
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×80
މުއްދަތު: 10 ޕޮއިންޓް
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު ×10
ތަޖުރިބާ: 5 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ: 5 ޕޮއިންޓް
އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- މި މަސައްކަތަށް ފައިސާ ދޫކުރުން: ބިލު ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.
އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު:H-2016/144B
ބިޑް ހުޅުވުން:
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
26 ޛުލްޤަޢިދާ 1437
ނޯޓު:
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވާނަމަ، އެ މާއްދާގައި ބުނާ ފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338122 / 3338154 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.