ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އައި.އެން.އައި.އޭ ގެ އެއާރލައިން އިންޖިނިއަރިންގ އޮފީސް ޑިޒައިންކޮށް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެއާރލައިން އިންޖިނިއަރިންގ އޮފީސް ޑިޒައިންކޮށް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން, ފެކްސްްއަކުން ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ޝައުޤުވެރިވެލައްވާކަން ފާޅުކުރެއްވުން އެދެމެވެ. މިގޮތަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތައް ރަޖިސްޓަރީކުރެވި، އިނގިރޭސި ބަހުން ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.
ރަޖިސްޓަރީވެފައިވާ ޕާޓީތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތައް ކޮންމެހެން ހާޒިރުވާންޖެހޭ ޕްރީބިޑް ބައްދަލުވުމާއި ސައިޓް ވިޒިިޓެއް 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގައި މި ކުންފުނީގެ މައި އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި އޮންނާނެއެވެ. މި މަސައްކަތާ ގުޅޭގޮތުން އުފެދޭ ސުވާލުތައް ނުވަތަ އިތުރަށް ސާފުކުރައްވަން ބޭނުންވާ މަޢުލޫމާތު އެންމެ ލަސްވެގެން 2016 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން (ފެކްސް ނުވަތަ އީމެއިލްއިން) ހުށަހެޅުއްވުން އެދެމެވެ.
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ސެޕްޓެންބަރު 27 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގައި އެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެންބަރު 2016 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގައި، މި ކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މި ކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި ބީލަން އެވޯޑްކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337266/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.