ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-PR/2016/131
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 06 ސެޕްޓެންބަރު 2016 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެއަރކޮންޑިޝަނަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައި.ޖީ.އެމް. ހޮސްޕިޓަލުގެ ޓީ.އެލް.އޭ (ޓޯޓަލް ލެބޯޓްރީ އޮޓޮމޭޝަން) ރޫމުގައި ހަރުކުރުމަށްޓަކައި އެއަރކޮންޑިޝަނަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

ކޮންފަރެންސް ހޯލް

11:00

1 ސެޕްޓެންބަރު 2016

 މަޢުލޫމާތު ސާފުކުރެއްވުމަށް

ކޮންފަރެންސް ހޯލް 

11:00

6 ސެޕްޓެންބަރު 2016

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016