މަސައްކަތް
ނަންބަރު: GS-177/2016/11
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 01 ސެޕްޓެންބަރު 2016 11:30
ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
ޕާރޓިޝަން މާރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕާރޓިޝަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ ހޯލް ޢިމާރާތުގައި ކުލާސްރޫމުތައް ވަކިކުރުމަށް ޖަހާފައިވާ ޕާރޓިޝަންތައް މަރާމާތު ކުރުމަށް ކުރެވުނު ނަންބަރު: GS-177/2016/09 (21 ޖުލައި 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ އަދަދު މަދުވުމާއެކު، އަލުން އެކަމަށް އެދި އިޢުލާނު ކުރީމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 11:30 ގައި.

2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 11:30 ގައި.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެވޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

25 ޛުލްޤަޢިދާ 1437

28 އޮގަސްޓް 2016