ތަމްރީނު
ނަންބަރު: (IUL)179-2.1/1/2016/24
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 08 ސެޕްޓެންބަރު 2016 12:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވާރކްޝޮޕް އޮން އިންވެސްޓިންގ އިން ބޮންޑްސް އެންޑް ސްކޫކު

އިޢުލާން

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޓްރެއިނިންގ އިންސްޓިޓިއުޓް، "ސީއެމްޑީއޭ އިންސްޓިޓިއުޓް" ން އިންތިޒާމުކޮށްގެން، ކެޕިޓަލް މާރކެޓްގެ ޕްރޮޑަކްޓުތަކަށް އާންމުން ހޭލުންތެރި ކުރުވުމަށް ބާއްވަމުންދާ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން އިތުރު ޕްރޮގްރާމެއް ސެޕްޓެންބަރުމަހު ހިންގުމަށް ވަނީ ރާވާފައެވެ. މިގޮތުން 2016 ސެޕްޓެންބަރު 20 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ން 13:00 އަށް "ވާރކްޝޮޕް އޮން އިންވެސްޓިންގ އިން ބޮންޑްސް އެންޑް ސްކޫކު" ގެ ނަމުގައި ހާފް-ޑޭ ވާރކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ވާރކްޝޮޕްފައި އަލިއަޅުވާލެވޭނެ މައިގަނޑު ބައިތަކަކީ، އިސްލާމިކް ފައިނޭންސްގެ މައިގަނޑު އަސާސްތަކާއި، ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ހާލަތާއި، އިސްލާމިކް ކެޕިޓަލް މާރކެޓް ޕްރޮޑަކްޓުތަކާއި، ބޮންޑާއި، ހިއްސާ ގަނެ ވިއްކައިގެން ފަހަށް ރައްކާކުރެވޭނެ ގޮތްތަކަށެވެ. ދިވެހިބަހުން މަޢުލޫމާތު ދެވޭ މި ވާރކްޝޮޕުގައި ބައިވެރިވުމަށް ފީ ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.

ވީމާ، ވާރކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ގުޅޭނެ ފޯނު ނަންބަރާއެކު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014104/3014103 ފޯނަށް ގުޅުއްވުން އެދެމެވެ.

28 އޮގަސްޓް 2016