ދިވެހިރާއްޖެ
އިންޓަރ އޮފީސް / ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތް - 2016
މި އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން، އޮފީސް / ކުންފުނިތަކުގެ މެދުގައި ނެޓްބޯޅަ މުބާރާތެއް 2016 ސެޕްޓެންބަރު 19 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަައެވެ. މިމުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 ޑިވިޜަނެއްގެ ގޮތުގައެވެ.
މުބާރާތުގެ ގަވާއިދު، އެސޯސިއޭޝަނުގެ ވެބްސައިޓް http://netball.mv/rule.php އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
ވުމާއެކު، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ އޮފީސް / ކުންފުނިތަކުން ބައިވެރިވާން އެދޭ ކަމުގެ ލިޔުން، ފޯކަލް ޕޮއިންޓުގެ މަޢުލޫމާތު ހިމެނޭގޮތަަށް 2016 ސެޕްޓެންބަރު 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9792300 އަށް ގުޅުއްވުން އެދެމެވެ.