ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) PSM-FP/PSM/2016/174
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 01 ސެޕްޓެންބަރު 2016 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އިލެކްޓްރޯނިކް ލޮކް ހޯދުމަށް

އިޢުލާން

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު:

ޕީ.އެސް.އެމް. އަށް ގަންނަން ބޭނުންވާ "އިލެކްޓްރޯނިކް ލޮކް" ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް ޕީ.އެސް.އެމް. ގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެއެވެ.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016