ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)447-PR/1/2016/49
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 05 ސެޕްޓެންބަރު 2016 12:00
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ޕެޓްރޯލް ޕަންޕު ގަތުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސަރވިސަސްގެ (IUL)447-PR/1/2016/36 ނަންބަރު އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

މި ސަރވިސަސްއަށް 4 އިންޗީގެ 5 ޕެޓްރޯލް ޕަންޕު ގަންނަން ބޭނުންވެއެވެ.

ހުށަހަޅަންވީ ތަކެތި:

ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ)

ށ- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މި ބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިޔުން.)

އަންދާސީހިސާބު އިވެލުއޭޓްކުރެވޭނެ ގޮތުގެ ތަފުސީލު

ހ- އަގު: 65 ޕޮއިންޓު

ޕޮއިންޓް = ހުށަހެޅޭ އެންމެ ހެޔޮ އަގު 65x

         ހުށަހެޅި އަގު

ށ- މަސައްކަތު ތަޖުރިބާ: 10 ޕޮއިންޓު

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ، މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

ޕޮއިންޓް = ހުށަހެޅޭ އެންމެ ކުރު މުއްދަތު 10x

          ހުށަހެޅި މުއްދަތު

ނ- ޑެލިވަރީ މުއްދަތު = 05 ޕޮއިންޓް

ޕޮއިންޓް = ހުށަހެޅޭ އެންމެ ކުރު މުއްދަތު 5x

          ހުށަހެޅި މުއްދަތު

ރ- ވޮރެންޓީ މުއްދަތު = 20 ޕޮއިންޓް

ޕޮއިންޓް =  ހުށަހެޅޭ އެންމެ ކުރު މުއްދަތު 20x

            ހުށަހެޅި މުއްދަތު

އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.

ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

ޢިއްޒުއްދީނުމަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ 12:00 ގައި ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. 

އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016