މަސައްކަތް
ނަންބަރު: (IUL)383/383/2016/89
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 05 ސެޕްޓެންބަރު 2016 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑިޔުކޭޝަނަލް ޓްރޭނިންގ ސެންޓަރ ޑިޖިޓަލް ކުރުމަށް ބޭނުންވާ މެޝިނަރީޒާއި ތަކެތި ގަތުމަށާއި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން

ވިލުފުށީ އެޑިޔުކޭޝަނަލް ޓްރޭނިންގ ސެންޓަރ ޑިޖިޓަލް ކުރުމަށް ބޭނުންވާ މެޝިނަރީޒާއި ތަކެތި ގަތުމަށާއި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހަޅުއްވަންވާނީ ތަކެތި ވިއްކުމުގެ އަގާއި އިންސްޓޯލް ކޮށްދިނުމުގެ އަގު ވަކިވަކިންނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ 13:00 ގައި ވިލުފުށީ ކައުންސިލުގެ އިދާރާގެ ކޮންފަރެންސްހޯލުގައެވެ. އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ 13:00 ގައި ވިލުފުށީ ކައުންސިލުގެ އިދާރާގެ ކޮންފަރެންސްހޯލުގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުން މަޢުލޫމާތު ސާފުކުރާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއަކާއި، މަޢުލޫމާތު ސާފުކުރުމަށް ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތް އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 6780701 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

21 ޛުލްޤަޢިދާ 1437

24 އޮގަސްޓް 2016