މަސައްކަތް
ނަންބަރު: L6MC-D/2016/08
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 05 ސެޕްޓެންބަރު 2016 10:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ގުލޯބުތައް ނަގައި ގުލޯބުތައް އަލުން ޖަހައި ކަރަންޓް ވައިރު ވިއުގައެއް އަޅައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ކޯޓުގެ ގޯތިތެރޭގައި މިހާރުހުރި ގުލޯބުތައް ނަގައި މި ކޯޓުން ދައްކާ ތަނެއްގައި ގުލޯބުތައް އަލުން ޖަހައި، ކަރަންޓް ވައިރު ވިއުގައެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ 10:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

25 އޮގަސްޓް 2016