މަސައްކަތް
ނަންބަރު: (IUL)284-PR/284/2016/52
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 04 ސެޕްޓެންބަރު 2016 13:00
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިސްކިތްތައް އާބާތުރަ ފިލުވުމަށްޓަކައި ށ.މިލަންދޫ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.      

ހުށަހަޅަންވީ ތަކެތި

  • މިމަސައްކަތް ކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

މި ޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް

  • ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު
  • ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައި

ބިޑް ހުށަހަޅުއްވަންވީ ގޮތް

މިމަސައްކަތަށް ބިޑް ހުށަހަޅުއްވަންވާނީ މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ބިޑް ތައްޔާރުކުރުމަށްފަހު ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލުގެ އިދާރާ

ށ.މިލަންދޫ މިސްކިތް އާބާތުރަ ފިލުވުމާ ގުޅޭ އިޢުލާނު ނަންބަރު: (IUL)284-PR/284/2016/52

ޕްރީ ބިޑް ބައްދަލުވުން

މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހުގެ މެންދުރުފަހުގެ 1:00 ގައި ށ.މިލަންދޫ ކައުންސިލުގެ އިދާރާގެ އޮފީހުގައެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 1:00 ގައި ށ.މިލަންދޫ ކައުންސިލުގެ އިދާރާގެ އޮފީހުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 1:00 އަށް ބީލަން ފުރިހަމަކުރައްވައި، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ށ.މިލަންދޫ ކައުންސިލުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ށ.މިލަންދޫ ކައުންސިލުގެ އިދާރާއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540063 ނަންބަރު ފޯނަށެވެ.

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލުގެ އިދާރާ

މިލަންދޫ، ދިވެހިރާއްޖެ

އީމެއިލް: [email protected]

21 ޛުލްޤަޢިދާ 1437

24 އޮގަސްޓް 2016