ދިވެހިރާއްޖެ
އިޢުލާން
ށ.މިލަންދޫ ކައުންސިލުގެ އިދާރާ ޢިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން "ދޮރާއި ދޮރުފަތްތަކުގެ މަރާމާތު" އަދި "ކުލަލުމާއި ދަވާދުލުން" އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ހުށަހަޅަންވީ ތަކެތި
- މި މަސައްކަތް ކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
- މަސައްކަތް ނިންމޭނެ މުއްދަތު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
މި ޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް
- ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު
- ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައި
ބިޑް ހުށަހަޅުއްވަންވީގޮތް
މިމަސައްކަތަށް ބިޑް ހުށަހަޅުއްވަންވާނީ މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ބިޑްތައްޔާރުކުރުމަށްފަހު ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލުގެ އިދާރާ
ށ. މިލަންދޫ ކައުންސިލުގެ އިދާރާގެ އޮފީސް ޢިމާރާތްކުރުމާ ގުޅޭ އިޢުލާނު ނަންބަރު: (IUL)284-PR/284/2016/53
ޕްރީ ބިޑް ބައްދަލުވުން
މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ މެންދުރުފަހުގެ 1:00 ގައި ށ.މިލަންދޫ ކައުންސިލުގެ އިދާރާގެ އޮފީހުގައެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 1:00 ގައި ށ.މިލަންދޫ ކައުންސިލުގެ އިދާރާގެ އޮފީހުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 1:00 އަށް ބީލަން ފުރިހަމަކުރައްވައި ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ށ.މިލަންދޫ ކައުންސިލުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ށ.މިލަންދޫ ކައުންސިލުގެ އިދާރާއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540063 ނަންބަރު ފޯނަށެވެ.
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލުގެ އިދާރާ
މިލަންދޫ، ދިވެހިރާއްޖެ
22 ޛުލްޤަޢިދާ 1437