ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)28-FA-1/1/2016/81
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 04 ސެޕްޓެންބަރު 2016 10:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ޖަނަރޭޓަރ އޯވަރހޯލް ސްޕެއަރ

އިޢުލާން

ޖަނަރޭޓަރުތަކެއް އޯވަރހޯލްކުރުމަށް ބޭނުންވާ ސްޕެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ތަކެތި ސަޕްލައިކޮށްދޭން އެދޭ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2016 ސެޕްޓެންބަރު 7 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މި މިނިސްޓްރީގެ ނަންބަރު(IUL)28-FA-1/1/2016/69  އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

28 އޮގަސްޓް 2016