ދިވެހިރާއްޖެ
އިޢުލާން
އއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ސީ.ސީ.ޓީ.ވީ ކެމެރާ ސިސްޓަމަށް ބޭނުންވާ ތަކެތި ހޯދުމަށް
މި މަރުކަޒުގައި ސީ.ސީ.ޓީ.ވީ ކެމެރާ ސިސްޓަމެއް ހަރުކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރި ނަންބަރު: GS40/2016/37 (9 ޖުލައި 2016) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތުގެ އަގުބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވަނަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއް ނޭޅޭނެއެވެ. މަޢުލޫމާތު ސާފުކުރަނީ ކުންފުންޏަކުންނަމަ، ނުވަތަ ވިޔަފާރިއެއްގެ ނަމުގައިކަމަށްވާނަމަ، އެ ތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހުށަހަޅަންޖެހޭނެއެވެ.