މަސައްކަތް
ނަންބަރު: (IUL)426-CA/426/2016/207
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 08 ސެޕްޓެންބަރު 2016 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީ ގެ ވަނަވަރު ފޮތް ލިއުން

އިޢުލާން

އައްޑޫސިޓީގެ ވަނަވަރު ފޮތް ލިއުން

އައްޑޫސިޓީގެ ވަނަވަރާ ގުޅުންހުރި މައުލޫމާތުތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ފޮތެއް ލިއުއްވަން ބޭނުންވެގެން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-CA/426/2016/178 އިޢުލާނަށް އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހެޅިފައިނުވާތީ މި އިޢުލާން ބާތިލުކޮށް، އަލުން މި ފުރުޞަތު ހުޅުވައިލަމެވެ.

ވީމާ، މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތުގެ މައްޗަށް މިފޮތް ލިއުއްވައިދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11.00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 18 ވާ އާދީއްތަދުވަހުގެ 11.00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސްހޯލުގައެވެ.   

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016