ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-HR/1/2016/107
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި: 04 ސެޕްޓެންބަރު 2016 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓަންޓް ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރ

މުސާރަ:  -/4465 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  ޒުވާނުންގެ މަރުކަޒު

ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1- ޒުވާނުންނަށް ހިންގޭ ތަފާތު ޕްރޮގްރާމުތަކަށް، ތައްޔާރުކުރެވިފައިވާ ޗެކްލިސްޓާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުން

2- ޕްރޮގްރާމުތަކަށް ބޭނުންވާ ތަކެތި ދުރާލައި ހޯދުން

3- ޕްރޮގްރާމްތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވުން

4- ކޮންމެ ޕްރޮގްރާމެއް ހިނގައިދިޔަ ގޮތުގެ ރިޕޯޓު ހުށަހެޅުން

5- ޕްރޮގްރާމުތައް ހިނގަމުންދާއިރު ޑެއިލީ އަޕްޑޭޓް ސުޕަވައިޒަރަށް އެރުވުން

6- ޕްރޮގްރާމުތައް އިޝްތިހާރުކުރުމާއި މަޢުލޫމާތު ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

7- ޔޫތު އެން.ޖީ.އޯސް ޕްރޮގްރާމް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން

8- ޔޫތު ވޮލަންޓިއަރސް ޕްރޮގްރާމް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

9- ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއެކު ރަނގަޅު ގުޅުމެއް ބާއްވައި، ރަނގަޅުކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް ރިޕޯޓު ކުރުން

10- ޒިޔާރަތްކުރާ ފަރާތްތަކާއި، ގުޅާ ފަރާތްތަކަށް ރަނގަޅު މަޢުލޫމާތު ފޯރުކޮށް ދިނުން.

11- ހިންގާ ޕްރޮގްރާމުތަކުގެ ބައިވެރިންގެ މައުލޫމާތު ނަގައި ޑާޓާ ބޭސް ބެލެހެއްޓުމާއި ފޮލޯ އަޕް ހެދުން

12- ޗުއްޓީ ނަންގަވާނަމަ ކަނޑައެޅިފައިވާ މުވައްޒަފާ ގަވާއިދުން ލިޔުމުން ޗުއްޓީ ހަވާލުކުރުން.

ނޯޓު:

- މި މަޤާމުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

    ވެބް ސައިޓް އެޑްރެސް  www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016