ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލްގެ ނަންބަރު GS62/I/2016/34 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ތިން ފަރާތް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
މި ސްކޫލަށް 2 އަހަރުދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެއެވެ. މި އިޢުލާނުގެ ދަށުންކުއްޔަށް ދޫކުރާ ގެއަކީ ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކަމުގައިވާންވާނެއެވެ.
- 1 ކޮޓަރި (އެޓޭޗްޑް ފާޚާނާ) އާއި، ކައްކައި ކައިބޮއި ހަދާނެ ތަނެއް ހުރުން.
- ގޭގައި އެކުލެވިގެންވާ ހުރިހާ ތަނަކާއި، ފާޚާނާތަކުގައި ތަށިމުށިޖަހައި ސީލިންގކޮށްފައި ހުރުން.
- ކައްކައި ކައިބޮއި ހަދާ ތަން، ފެންވައިރުކޮށް ސިންކުހަރުކޮށް ބަދިގޭގައި ބޭނުންކުރާ ހިފައިގެންގުޅޭ ތަކެއްޗާއި، ކައިބޮއިހަދާ ތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި މޭޒުހުރުން.
- ޞިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ލިބޭނެގޮތް ހުރުން.
ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 7 ވަނަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.