މަސައްކަތް
ނަންބަރު: HDC(161)-PRO/IU/2016/96
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 09 އޮކްޓޫބަރު 2016 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކޯޕަރޭޝަނުން ދައްކާ ކުރެހުމަކާ އެއްގޮތަށް، ހުޅުމާލޭގައި ސްކޫލް އިމާރާތެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތުގެ ބިޑްސެކިއުރިޓީގެ ގޮތުގައި -/500,000 (ފަސްލައްކަ) ރުފިޔާ ހުށަހަޅުއްވަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. މި މަސައްކަތަށް ހޮވިވަޑައިގަންނަވާ ފަރާތަކުން ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 5 ހުށަހަޅުއްވަން ވާނެއެވެ. އަދި މި މަސައްކަތަށް ހޮވިވަޑައިގަންނަވާ ފަރާތަކަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުއްވުމުން، ލިބިވަޑައިގަންނަވާނެއެވެ. 

މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 14:00 ގައި، ހުޅުމާލޭގައި ހުންނަ މި ކޯޕަރޭޝަންގެ މައިއޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑް ހުޅުވުން އޮންނާނީ 2016 އޮކްޓޫބަރު 9 ވަނަ ދުވަހުގެ 14:00 ގައި މިކޯޕަރޭޝަންގެ މައިއޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅުއްވާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މި ޕްރޮޖެކްޓުގެ ބީލަންފޮތް މި ކޯޕަރޭޝަނުގެ ވެބްސައިޓް: www.hdc.com.mv/announcements އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ޕްރޮޖެކްޓާ ގުޅޭ އިތުރު މަޢުލޫމާތު މި ކޯޕަރޭޝަނުގެ ފޯން 3355144 އިން ލިބިލައްވާނެއެވެ.

‏‏26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016