ދިވެހިރާއްޖެ
އިޢުލާން
ފިލާބިލްޑިންގ 1 ގެ 3 ވަނަފަންގިފިލާ (އުތުރުބައި) - 435 އަކަފޫޓުގެ އޮފީސް ބައި ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލުން
ފިލާބިލްޑިންގ 1 ގެ 3 ވަނަފަންގިފިލާ (އުތުރުބައި) - 435 އަކަފޫޓުގެ އޮފީސް ބައި ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-TF/1/2016/165) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތަކަކީ މިހާރުގެ މާކެޓް ރޭޓަށް ބަލާއިރު އެކަށީގެންވާވަރަށްވުރެ ކުޑަ އަގުތަކެއް ކަމުގައިވާތީ، އެ ހުށަހެޅުންތައް ބާޠިލުކޮށް، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށްވުރެ ކުޑަނުވާގޮތަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި ތަން 5 (ފަހެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން "ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހުގެ މެންދުރު 13:30 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ (އެދުރުހިޔާ 9 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމު އެދުރުހިޔާގެ 9 ވަނަ ފަންގިފިލާގައިވާ މި އިދާރާގެ ކައުންޓަރުން 2016 އޮގަސްޓު 29 ވާ ހޯމަ ދުވަހުގެ 09:00 އިން ފެށިގެން ލިބެން ހުންނާނެއެވެ.
ކުއްޔަށްހިފުމަށް އެދޭ ފޯމު ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި -/15,000 (ފަނަރަ ހާސް) ރުފިޔާ ތަޢުލީމީ ފަންޑުގެ އިދާރާގައި ބަހައްޓަވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193 ފޯނަށް ގުޅުއްވުން އެދެމެވެ.