މަސައްކަތް
ނަންބަރު: (IUL)165/1/2016/7
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 17:20
ސުންގަޑި:
01 ޖަނަވަރީ 1970 05:00
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި އޮތޯރިޓީއަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- ބ. އޭދަފުށި، އއ. ރަސްދޫ، ރ. އުގޫފާރު، އަދި ތ. ވިލުފުށި، މި 4 ރަށަށް 60 ފޫޓުގެ އެންޓެނާ ޓަވަރާއި ޓަވަރުގައި ހަރުކުރާ ތަކެތި ގެންގޮސް، ބުޑު އަޅައި، ޓަވަރު ޖަހައި، ޓަވަރުގައި އެންޓެނާ އާއި އެހެން ބައެއް ތަކެތި ހަރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
- ހދ. ކުޅުދުއްފުށި، މ. ކޮޅުފުށި، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި އަދި ގދ. ކާޑެއްދޫ، މި 5 ރަށުގައި ޖަހާފައިހުރި 60 ފޫޓުގެ ޓަވަރުތަކުގައި ލައިޓިން އެރެސްޓަރއާއި ނެވިގޭޝަން ލައިޓް ހަރުކޮށްދިނުން.
- ހދ. ކުޅުދުއްފުށީގައި ޖަހާފައި ހުރި 60 ފޫޓުގެ ޓަވަރުގެ 2 ވަނަ ބައި އަރިވެފައިވާތީ، އެކަން ރަނގަޅު ކުރުން.
ވީމާ މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 6 ވާ އަންގާރަ ދުވަހު 11.00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2016 ސެޕްޓެންބަރު 20 ވާ އަންގާރަ ދުވަހު 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
25 އޮގަސްޓް 2016