މަސައްކަތް
ނަންބަރު: MMS-A/2016/39
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:55
ސުންގަޑި: 18 ސެޕްޓެންބަރު 2016 13:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ސ.ގަން މެޓް އޮފީހުގެ ޢިމާރާތް މަރާމާތުކުރުމާބެހޭ

އިޢުލާން

ސ.ގަން މެޓް އޮފީހުގެ ޢިމާރާތް މަރާމާތުކުރުމާބެހޭ

ސ.ގަން މެޓް އޮފީހުގެ ޢިމާރާތް މަރާމާތު ކުރުމަށްޓަކައި ތިރީގައި މިވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.

  • އާ އޮބްޒަރވޭޓްރީއެއް ހެދުން
  • ސީލިންގގެ ބައެއް ބަދަލުކުރުން
  • ވަޔަރިންގ
  • ބޮކި އަދި ފަންކާ ހަރުކުރުން
  • އެއަރކަންޑިޝަން ބަދަލުކުރުން
  • ލަކުޑިން ޕާޓިޝަން ޖަހައިގެން އިދާރީ ތިން ކޮޓަރި ހެދުން
  • އައު އޭސީއެއް ބެހެއްޓުން
  • ފެންޑާ ހެދުން
  • މެނޭޖަރ ރޫމް ހެދުން
  • ފާޚާނާ ހެދުން
  • އޮފީހުގެ އިރުމަތި ފަރާތުގައި ތިރިކޮށް ހުރި ބައި އުސްކުރުން
  • ނަމާދުކުރާ ކޮޓަރި އަދި ކޮފީ ރޫމް ހެދުން

ވީމާ  އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ސ.ގަން މެޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ސ.ގަން މެޓް އޮފީހަށް ވަޑައިގަން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016