ވަޒީފާގެ ފުރުޞަތު
ނަންބަރު: HPSN-IL/2016/18
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 07 ސެޕްޓެންބަރު 2016 13:30
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ސެކްޝަން

އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގުރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

  • ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އިދާރީގޮތުން މަސައްކަތް ކުރަން ހަމަޖައްސާފައިވާ ބޭފުޅެއްގެ މަސައްކަތްތަކުގައި އެހީތެރިވުމާއި، ފައިސާއާބެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  • މުވައްޒަފުންގެ ހާޒިރީ ތައްޔާރުކޮށް ހާޒިރީތައް ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓު މަހުން މަހަށް ހެދުން.
  • އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، ނޯޓު ފަދަ ތަކެތި ނޯޓު ދިނުމުން ލިޔުމާއި އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުމާއި، އެފަދަ ތަކެތި ފައިލްކޮށް ތަރުތީބުން ބެލެހެއްޓުން.
  • މަރުކަޒަށް ލިބޭ ބިލާއި އެހެނިހެން އިދާރީ ލިޔެކިޔުންތައް އެންޓްރީކޮށް، ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ އަރިހަށް ގެންދިއުމަށްފަހު، އެ ލިޔުމަކާބެހޭ މީހަކަށް ނުވަތަ ސެކްޝަނަކަށް ހަވާލުކުރުން.
  • މުވައްޒަފުންގެ އިތުރުގަޑީގެ ހާޒިރީއާއި، ބަންދު ދުވަހުގެ ހާޒިރީއާއި، ޝިފްޓް ޑިއުޓީގެ ހާޒިރީ ތައްޔާރުކޮށް ބެލެހެއްޓުން.
  • ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
  • މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ހަވާލު ކުރެވޭ ޑިއުޓީތައް ފަރުވާތެރިކަމާއެކު އަދާކުރުން.
  • އޮފީހުގައި ހުންނަ ލިޔެކިޔުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން.
  • މަރުކަޒަށް ދިމާވާ ކަންތައްތަކުގެ ތެރެއިން އާންމުކޮށް ނުހިނގާ ޚާއްޞަ ގޮތެއްގައި ދިމާވާ ކަންތައްތަކުގައި ބައިވެރިވެ އެހީތެރިވުން.
  • މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

މަޤާމު

ކައްކާ

ސެކްޝަން

އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ބަދިގޭގެ މަސައްކަތާގުޅޭ އެންމެހައި ކަންތައްތައް، އެކަމާ ހަވާލުވެހުންނަވާ މުވައްޒަފަކު އަންގަވާ ގޮތެއްގެ މަތިން ކުރަމުން ދިޔުން.
  • ބަދިގެތެރެ ސާފުކޮށް ބެލެހެއްޓުމާއި، ސާފުތާހިރުކަންމަތީ ކާބޯތަކެތި ތައްޔާރުކުރުމާއި، ބަދިގޭގައި އުޅޭއިރު ސާފުކޮށް ހުރުން.
  • ކޮންމެ ދުވަހަކަށްވެސް ބޭނުންވާ ކާބޯތަކެތި އެދުވަހެއްގެ މެނޫއާ އެއްގޮތްވާ ގޮތުގެ މަތީން ގަޑިއަށް ތައްޔާރުކޮށް ފޯރުކޮށްދިނުން.
  • ބަދިގޭގައި ބޭނުންކުރާ ތަކެތި އަމާނާތްތެރިކަމާއެކު ބެލެހެއްޓުން.
  • ބަދިގެއަށް ބޭނުންވާ ތަކެތި ހޯދުމަށް އިސްކައްކާއަށް އެދި އެފަދަ ތަކެތި ހޯދުން.
  • ހަވާލުކުރެވޭ ޑިއުޓީތައް ބަރާބަރަށް ފަރުވާތެރިކަމާއެކު އަދާކުރުން.
  • މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).

ސުންގަޑި:

2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޯމު ހުށަހެޅުން. ފޯމު ބަލައިގަނެވޭނީ ރަސްމީ ދުވަސްދުވަހުގެ ހެނދުނު 8:00 އިން 13:30 އަށެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުކުރެވޭ 10 ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރައްވަން ގުޅާނީ، 6644232 ނަންބަރު ފޯނަށެވެ.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016