މަސައްކަތް
ނަންބަރު: (IUL)32-A/1/2016/45
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 31 އޮގަސްޓް 2016 11:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ފޮޓޯކޮޕީ މެޝިން ސަރވިސް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ފޮޓޯކޮޕީ މެޝިން ސަރވިސް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އޮފީހުގައި ބޭނުންކުރަމުންގެންދާ 4 (ހަތަރެއް) ފޮޓޯކޮޕީ މެޝިން (ތޮޝިބާ) އަމިއްލަ ތަކެތީގައި 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް މި އޮފީހުން ކުރި ނަންބަރު (IUL)32-A/1/2016/41 (22 އޮގަސްޓު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރައްވައި މި އިޢުލާނަށް އިޖާބަދެއްވާފައި ނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، މި އޮފީހުގައި ބޭނުންކުރަމުންގެންދާ 4 (ހަތަރެއް) ފޮޓޯކޮޕީ މެޝިން (ތޮޝިބާ) އަމިއްލަ ތަކެތީގައި 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްޕުޅުތަކުން 2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 5 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

22 ޛުލްޤަޢިދާ 1437 

 

25 އޮގަސްޓް 2016