ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)412/412/2016/66
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 18 ސެޕްޓެންބަރު 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

  • މަޤާމުގެ ނަން:             ފައިނޭންސް އޮފިސަރ
  • ރޭންކް:                 އެމް.އެސް 1
  • ކުލެސިފިކޭޝަން:            ޓެކްނިކަލް އޮފިސަރ ގްރޭޑް 1
  • ބޭނުންވާ އަދަދު:            1 (އެކެއް)
  • މުސާރަ:                މަހަކު -/5,610 ރުފިޔާ
  • ސަރވިސް އެލަވަންސް:        މަހަކު -/2,000 ރުފިޔާ

މީގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ކަނޑައެޅިފައިވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

  • މަސައްކަތް ކުރަންޖެހޭ ތަން/ އޮފީސް:  ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލުގެ އިދާރާ
  • ސެކްޝަން:   ކޯޕަރޭޓް އެފެއާޒް /ފިނޭންސް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އެކި ގޮތްގޮތުން ކައުންސިލަށް ލިބޭ އާމްދަނީގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަނޑައަޅުއްވާ އުސޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
  2. ކައުންސިލުން ކުރާ އެންމެހައި ޚަރަދުތަކުގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަނޑައަޅުއްވާ އުސޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
  3. ކުރިޔަށް ލަފާކުރާ ކައުންސިލުގެ ބަޖެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން.
  4. މިނޫނަސް ކައުންސިލުގެ އިދާރާގެ ފައިސާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.
  • މަޤާމުގެ ޝަރުޠުތައް:
  1. ފައިނޭންސާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ފައިނޭންސާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ފައިނޭންސާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި، 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(1) ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

(2) ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

(3) މަސައްކަތުގެ ހުނަރާއި ޤާބިލުކަން.

އިންޓަރވިއު ކުރުން:

ވަޒީފާއަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ގއ.ކޮނޑޭ ކައުންސިލުގެ އިދާރާގައި އިންޓަރވިއު އޮންނާނެއެވެ. އިންޓަރވިއުއަށް ހާޒިރުވުމަށް 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.

  • ވަޒީފާއަށް އެދެންވީގޮތް:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން 2016 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ގއ.ކޮނޑޭ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

  • ހުށަހަޅަންޖެހޭ ލިޔުންތައް:
  1. މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު (މި ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
  2. މި މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ވަޒީފާއިން ދޫކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ސިޓީ،
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)
  7. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

އިތުރު ތަފުސީލު.

- ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލްސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ.

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ، ވަޒީފާއަށް އިޢުލާންކުރި އޮފީހުގެ މުވައްޒަފަކު ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާއިރު، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓު ކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވާނަމަ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން އެ ފަރާތްތައް ޝޯޓްލިސްޓުކުރުމުގެ އިޚުތިޔާރު، ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ލިބިގެންވެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯޢްދަވަން ބޭނުފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6820019 ފޯނަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

20 ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016