ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)165/1/2016/45
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 07 ސެޕްޓެންބަރު 2016 00:00
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ. މި މަޤާމަށް ބޭނުންވަނީ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 2

ރޭންކް: އެސް. އެސް. 2

މުސާރަ

މަހަކު: -/3,470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު: -/1,000 ރުފިޔާ

އިނާޔަތްތައް

1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭން

2. ޑިއުޓީ އުސޫލުން ކުރާމަސައްކަތައް ޑިއުޓީ އެލަވަންސް ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް/ މާލެ

މަޤާމުގެ މަސްޢޫލިއްޔަތު

ޓެލެކޮމް ބިލްޑިންގ ގެ ސަލާމަތީ ކަންތައްތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު

  1. މަޤާމު މަސައްކަތުގެ ދާއިރާ އެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޢިމާރާތާއި ގޯތިތެރޭގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. ޢިމާރާތައް ވެއްދޭ ތަކެއްޗާއި ބޭރުކުރެވޭ ތަކެތި ޗެކްކުރުން.
  3. ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ޢިމާރާތަށް ވަނުމުގެ އިންތިޒާމު ހަމަޖައްސަދިނުމާއި ކަމާބެހޭ ގޮތުން ހަމަޖެހިފައިވާ އުސޫލަށް ޢަމަލުކުރުން.
  4. ސެކިއުރިޓީ ކެމެރާ ސިސްޓަމް މޮނިޓަރ ކުރުން.
  5. އޮފީހުގެ މަޤުޞަދުތައް ހާސިލުކުރުމަށް ހަވާލުކުރެވޭ ވަޒީފާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށްއެދޭ ފޯމު) މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު، (ސީ.ވީ)، (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައި ނުވަތަ އެޓެސްޓް ކުރެވިފައިވާ) ކޮޕީ.  
  5. ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  6. ވަޒީފާއެއްގައި އުޅުއްވާނަމަ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަޤާމު، މަސްއޫލިއްޔަތު އަދި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް

ސުންގަޑި

2016 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހުގެ 13:00 އަށް.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފައިގައެވެ. އިންޓަވިއު އޮންނާނީ މި އިޢުލާނަށް  މުއްދަތު ހަމަވާތާ ފަނަރަ ދުވަހުގެ ތެރޭގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައެވެ.

އިތުރު މަޢުލޫމާތު

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323344 އެވެ. ފެކްސް ނަންބަރަކީ 3320000 އެވެ.

24 އޮގަސްޓް 2016