މަޤާމު:
|
ހައުސްކީޕަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ރޭންކް:
|
އެސް.އެސް 1
|
މަޤާމުގެ ކުލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓްކޯޓު
|
މުސާރަ:
|
މަހަކު -/3100 ރުފިޔާ
|
ލިބޭ އެލަވަންސް:
|
- ސަރވިސް އެލަވަންސް މަހަކު -/1000 ރުފިޔާ
- ލިވިންގ އެލަވަންސް: މަހަކު -/2550 ރުފިޔާ
- ޖުޑިޝަލް އެލަވަންސް: މުސާރާއިގެ %20 އަށްވާ ފައިސާ
- އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 7:45 އަށް ކޯޓަށް ހާޒިރުވެ ކޯޓުތެރެ ރަނގަޅަށް ކުނިކަހައި ފޮޅައި ސާފުކޮށް ފެންފޮތިލުން.
- ކޯޓު ޢިމާރާތުގައިވާ ފަރުނީޗަރުތަކާއި ފެންލައިޓްތަކާއި ދޮރުތަކާއި ކައުންޓަރާއި ސީލިންގއާއި ދޮރުފަތްތަކާއި ފަންކާއާއި އެއަރކޮންޑިޝަން ފަދަ ތަކެތި ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
- ކޯޓުގެ ގޯތިތެރެއާއި ކޯޓު ސަރަޙައްދު ހިމެނޭ މަގުމަތި ކޮންމެ ދުވަހަކު ކުނިކެހުމާއެކު ހަފުތާއަކު އެއްފަހަރު ކުނި އުކާލުން. އަދި ކޯޓުން އަންގާގޮތެއްގެ މަތިން ކޯޓުގެ ގޯތިތެރޭގައިވާ ގަސްތައް ކޮށައި ކުނި އުކާލުން.
- ޢިމާރާތާއި ގުދަނުގެ ދިޔަދޮވި މަދުވެގެން މަހަކު 1 ފަހަރު ސާފުކުރުން.
- ކޯޓުގެ ފާޚާނާތައް މަދުވެގެން 3 ދުވަހުން އެއްދުވަހު ރަނގަޅަށް ދޮވެ ސާފުކުރުން.
- ކޯޓުގެ އެކޮމޮޑޭޝަންރޫމާއި ފާޚާނާ މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުމާއި، އެބައިގައި ބޭނުންކުރާ ބެޑްޝީޓާއ ބާލީހުއުރަ ފަދަ ތަކެތި ހަފުތާއަކު އެއްފަހަރު ދޮވެ އިސްތިރިކުރުން.
- 6 މަހުން 1 މަހު ކޯޓުގެ ގޯތިތެރޭގައިވާ ފެންވަޅު ކޯޓުން އަންގާ ގޮތެއްގެ މަތިން ދިޔަހިއްކައި ސާފުކުރުން.
- ކޯޓުގައި އުފެދޭ ކުނީގެ ތެރެއިން އުކާލަންޖެހޭ ތަކެތި އުކާލުމާއި، އަންދަންޖެހޭ ތަކެތި ކޯޓުން އަންގާގޮތެއްގެ މަތިން ރައްކާތެރިކަމާއެކު އެންދުން.
- ކޯޓުގެ ސައިކޮޓަރީގެ ތަށިތަކާއި ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުން.
- އޮފީހުގެ އިދާރީމަސައްކަތްތަކުގައި އެހީތެރިކަން ދިނުން.
|
މަޤާމުގެ ޝަރުޠު:
|
- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
|
އިންޓަރވިއުކުރުން:
|
- މިމަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށާއި މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަރވިއު ކުރުމަށް ފަހުގައެވެ. އިންޓަރވިއު އޮންނާނީ، 18 ސެޕްޓެންބަރު 2016 އާއި 21 ސެޕްޓެންބަރު 2016 އާ ދެމެދުގެ ތާރީޚެއްގައި ތުލުސްދޫ ކޯޓުގައެވެ. އިންޓަރވިއު އޮންނަ ތާރީޚާއި ގަޑި އެންގޭނެއެވެ.
- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ 6 ފަރާތްތަކަށެވެ.
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލު ކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
|
ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
- ޝަރުއީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ކޯޓުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން (www.judiciary.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ.)
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭ ޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- އިންޓަރވިއުއަށް ދުރުވާއިރު ލިބިފައިވާ ތަޢުލިމީ ސެޓުފިކެޓުތަކާއި ތަމްރީނު ޕްރޮގްރާމްތަކުގެ އަސްލު.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.
|
ނޯޓް:
|
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ކޯޓުގެ 6640142 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|