ޢާންމު މަޢުލޫމާތު
ނަންބަރު: FNK/A/IUL/2016/245
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 18:13
ސުންގަޑި: 31 އޮގަސްޓް 2016 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އެސިސްޓެންޓް އިންޖިނިއަރ (ސިވިލް)

މަޤާމު:

(1) އެކެއް

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިވިޜަން

ޑިވިޜަން:

ޕްރޮޖެކްޓްސް އެންޑް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް

ޑިޕާޓްމަންޓް:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

މަހަކު -/7500ރ. އާއި -/8100ރ އާ ދެމެދު

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %50 (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މި ފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން.

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލު ކޮށްފައިވުން،  ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލު ކޮށްފައިވުން،  ނުވަތަ

(ޅ) އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ޕްރޮޖެކްޓްސް ޑިވިޜަނުން ހިންގާ މަޝްރޫޢުތައް އެކުލަވައިލުމުގައި ލިބިފައިވާ ތައުލީމާއި ފަންނީ ތަޖުރިބާގެ އަލީގައި ވެރިންނަށް މަޝްވަރާއާއި ލަފާދިނުން.
  2. މަޝްރޫޢުތައް ހިންގުމުގައި ފަންނީ އެހީތެރިކަން ދިނުން. މި ގޮތުން މަޝްރޫޢުތަކުގެ ސިވިލް ސްޓަރަކްޗަރތައް ފަރުމާކުރުމަށް ބޭނުންވާ އިންޖިނިއަރިންގ ކަލްކިޔުލޭޝަންތަކާއި ކުރެހުންތައް އަދި ބީ.އޯ.ކިޔު ހެދުމުގައި އެހީތެރިވުން.
  3. ހިނގަމުންދާ މަޝްރޫޢުތައް ގަވާޢިދުން މޮނިޓަރކުރުން. މި ގޮތުން ހިންގޭ މަޝްރޫޢުތަކުގެ އެސެސްމެންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރު ކުރުން.
  4. މަޝްރޫއުތައް މޮނިޓަރކޮށް، ހިނގަނީ ހެދިފައިވާ މާސްޓަރ ޕްލޭންއާއި އެއްގޮތަށްތޯ ބަލައި، މަޝްރޫޢުތައް ޓެކްނިކަލް ނަޒަރަކުން ދިރާސާކޮށް، ކަނޑައެޅިފައިވާ ޕްލޭނާ އެއްގޮތަށް އެ މަޝްރޫޢުތަކުން ހާސިލުކުރަން ބޭނުންވާ ނަތީޖާއާއި ލަނޑުދަނޑި ހާސިލުވޭތޯ ބެލުން
  5. މަޝްރޫޢުތަކާ ގުޅުންހުރި އެންމެހައި ފަރާތްތަކާއި ކޯޑިނޭޓްކޮށް ތަފްސީލު ގަވާއިދުން ވެރިންނާއި ހިއްސާކުރުން.
  6. ކުންފުނިން ކޮންޓްރެކްޓަށް ހަވާލުކުރެވޭ މަސައްކަތްތައް ކުރިއަށްދަނީ ކޮންޓްރެކްޓަރާއި ވެވިފައިވާ އެއްބަސްވުމުގައިވާގޮތަށްތޯ ބަލައި ކުންފުނީގެ މަގުސަދު ހާސިލުވޭތޯ ބެލުން.
  7. މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުންފުނީގެ ފަރާތުން ރިވިއު ރިޕޯޓުތައް އެކުލަވައިލުން.
  8. ޕްރޮޖެކްޓްތައް ނިމޭއިރު ސްޓޭކް ހޯލްޑަރުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  9. ޑިވިޜަންގެ އެންމެ އިސްފަރާތަށް މަޝްރޫޢުތަކުގެ އަޕްޑޭޓް ގަވާއިދުން ފޯރުކޮށްދިނުން.
  10. ޑިވިޜަން ހިންގުމާއި ހަވާލުވެ ހުރި ފަރާތް އަންގައިފި ހިނދެއްގައި ޑިވިޜަނާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މަސްއޫލިއްޔަތުތައް:

އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް)

މަޤާމު:

(1) އެކެއް

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިވިޜަން

ޑިވިޜަން:

ރިނިއުވަބަލް އެނަރޖީ ޑިޕާޓްމަންޓް

ޑިޕާޓްމަންޓް:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

މަހަކު -/7500ރ. އާއި 8100ރ އާ ދެމެދު

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %50 (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،  ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން.

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލު ކޮށްފައިވުން،  ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލު ކޮށްފައިވުން،  ނުވަތަ

 (ޅ) އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ޕްރޮޖެކްޓްސް ޑިވިޜަނުން ހިންގާ މަޝްރޫޢުތައް އެކުލަވައިލުމުގައި ލިބިފައިވާ ތައުލީމާއި ފަންނީ ތަޖުރިބާގެ އަލީގައި ވެރިންނަށް މަޝްވަރާއާއި ލަފާ ދިނުން.
  2. މަޝްރޫޢުތައް ހިންގުމުގައި ފަންނީ އެހީތެރިކަން ދިނުން. މި ގޮތުން ހިންގޭ ކަރަންޓުގެ އަދި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ފަރުމާކުރުމަށް ބޭނުންވާ އިންޖިނިއަރިންގ ކަލްކިޔުލޭޝަންތަކާއި ކުރެހުންތައް އަދި ބީ.އޯ.ކިޔު ހެދުމުގައި އެހީތެރިވުން.
  3. އަލަށް ހިންގޭނޭ އިއާދަކުރަނިވި މަޝްރޫޢުތައް ދެނެގަނެ، އެ ކަމަށް ބޭނުންވާ ޑޭޓާއާއި ތަފާސްހިސާބު ހޯދައި އެ ފަދަ މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވާ ފަންނީ ލަފައާއި ޚިޔާލު ދިނުން.
  4. ހިނގަމުންދާ އިޢާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ގަވާއިދުން މޮނިޓަރކުރުން. މި ގޮތުން ހިންގޭ މަޝްރޫޢުތަކުގެ އެސެސްމެންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރު ކުރުން.
  5. ޕްރޮޖެކްޓްސް ޑިވިޜަނުން ފޯރމިޔުލޭޓް ކުރާ މަޝަރޫޢުތަކާއި އަދި ބޭރުގެ ފަރާތްތަކުން ހުށަހަޅާ މަޝްރޫޢުތަކަށް ޓެކްނިކަލް ކޮމެންޓާއި ލަފާއެރުވުން. އަދި އެ ފަދަ މަޝްރޫޢުތަކަކީ ގަބޫލުކުރެވޭ ރަނގަޅު ސްޓެންޑަރޑްތަކަށް ފެތޭ ޓެކްނިކަލީ ރަނގަޅު މަޝްރޫޢުތަކެއްތޯ ބަލައި ޗެކުކުރުން.
  6. މަޝްރޫޢުތަކަށް ޝައުޤުވެރިކަން ފާޅުކުރާ ބޭރުގެ ފަރާތްތަކާއެކު މަޝްވަރާކޮށް، ފަންނީ ދިރާސާތަކުގައި އެހީވެދިނުން.
  7. އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް މޮނިޓަރކޮށް، ހިނގަނީ ހެދިފައިވާ މާސްޓަރ ޕްލޭނާ އެއްގޮތަށްތޯ ބަލައި، މަޝްރޫޢުތައް ޓެކްނިކަލް ނަޒަރަކުން ދިރާސާކޮށް، ކަނޑައެޅިފައިވާ ޕްލޭނާ އެއްގޮތަށް އެ މަޝްރޫޢުތަކުން ހާސިލުކުރަން ބޭނުންވާ ނަތީޖާއާއި ލަނޑުދަނޑި ހާސިލުވޭތޯ ބެލުން
  8.  މަޝްރޫޢުތަކާ ގުޅުންހުރި އެންމެހައި ފަރާތްތަކާ ކޯޑިނޭޓްކޮށް ތަފްސީލު ގަވާއިދުން ވެރިންނާއި ހިއްސާކުރުން.
  9. މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުންފުނީގެ ފަރާތުން ރިވިއު ރިޕޯޓުތައް އެކުލަވައިލުން.
  10. ޕްރޮޖެކްޓްތައް ނިމޭއިރު ސްޓޭކްހޯލްޑަރުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  11. ޑިވިޜަންގެ އެންމެ އިސްފަރާތަށް މަޝްރޫޢުތަކުގެ އަޕްޑޭޓް ގަވާއިދުން ފޯރުކޮށްދިނުން.

މަސްއޫލިއްޔަތުތައް:

ޓެކްނިކަލް ސްޕަވައިޒަރ (އިލެކްޓްރިކަލް)

މަޤާމު:

(1) އެކެއް

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިވިޜަން

ޑިވިޜަން:

ރިނިއުވަބަލް އެނަރޖީ ޑިޕާޓްމަންޓް

ޑިޕާޓްމަންޓް:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

މަހަކު -/5000ރ. އާއި -/6000ރ އާ ދެމެދު

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %50 (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 (ހަތަރެއް) ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ފަހެއް) ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

(ނ) ވަކި ވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 1 (އެކެއް) ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން، ނުވަތަ،

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއެކު، ޖީ.އެސް 4 (ހަތަރެއް) ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، އެމް.އެސް 1 (އެކެއް) ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ރ) އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އެޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. އިޢާދަ ކުރަނިވި ހަކަތައިގެ އަދި ޕަވަރ ސިސްޓަމާ ގުޅުން ހުރި މަޝްރޫޢުތައް ސުޕަރވައިޒްކުރުން. މި ގޮތުން ސައިޓްތަކުގައި މަސައްކަތް ކުރެވެމުން ދަނީ ކަނޑައެޅިފައިވާ ސްޓެންޑަރޑްތަކަށްތޯ ބަލައި ޗެކު ކުރުން.
  2. ސައިޓްތަކުގައި މަސައްކަތް ކުރެވެނީ މަޝްރޫޢުތަކުގެ ޓެކްނިކަލް ރިކުޔަރމަންޓްތަކާއި އިންޖިނިއަރިނގ ކުރެހުންތަކާ އެއްގޮތަށްކަން ޔަގީންކުރުން.
  3. ހިނގަމުންދާ އިޢާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ގަވާއިދުން މޮނިޓަރކުރުން. މި ގޮތުން ހިންގޭ މަޝްރޫޢުތަކުގެ އެސެސްމެންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރުކުރުން.
  4. މަޝްރޫޢުތައް ހިނގާ ގޮތުގެ ރިޕޯޓު ތައްޔާރުކޮށް ގަވާއިދުން ވެރިންނާއި ހިއްސާކުރުން. އަދި ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި އެ ފަދަ ދަތިތައް ހައްލުކުރާނޭ ގޮތުގެ ފަންނީ ލަފާ ވެރިންނަށް ދިނުން
  5. މަޝްރޫޢުތަކާ ގުޅުންހުރި އެންމެހައި ފަރާތްތަކާއި ކޯޑިނޭޓްކޮށް ތަފްސީލު ގަވާއިދުން ވެރިންނާއި ހިއްސާކުރުން.
  6. މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުންފުނީގެ ފަރާތުން ރިވިއު ރިޕޯޓުތައް އެކުލަވައިލުން.
  7. ޕްރޮޖެކްޓްތައް ނިމޭއިރު ސްޓޭކްހޯލްޑަރުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  8. ޑިވިޜަންގެ އެންމެ އިސްފަރާތަށް މަޝްރޫޢުތަކުގެ އަޕްޑޭޓް ގަވާޢިދުން ފޯރުކޮށްދިނުން.
  9. ޑިވިޜަން ހިންގުމާ ހަވާލުވެ ހުރި ފަރާތް އަންގައިފި ހިނދެއްގައި ޑިވިޜަނާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މަސްއޫލިއްޔަތުތައް:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  9:00 – 16:00 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުޠު ހަމަވާ ފަރާތެއް ނެތް ނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއެކު ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ, އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސްދުވަސް ހަމަވެފައި ނުވާ ޕޮލިސް ރިޕޯޓު ހުށަހެޅުއްވުން އެދެމެވެ.

ނޯޓު:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމުތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

އީމެއިލް: [email protected]

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016