ދިވެހިރާއްޖެ
އިޢުލާން
އޮފީސް ޓީޝާރޓު ސަޕްލައިކޮށް ދިނުމާބެހޭ
މި އޮފީހުގެ އެކިއެކި ރަސްމީ ޙަރަކާތްތަކުގައި މުވައްޒަފުން ބޭނުންކުރުމަށް މި އޮފީހުން ދޭ ނަމޫނާއާ މަޢުލޫމާތާ އެއްގޮތަށް ޓީޝާރޓްތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ދިނުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ޕްރޮޕޯސަލް ބަލައިގަތުން:
ތާރީޚު: 2016 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)
ހަވީރީ ހިނގުން، 20222
މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 1441
ފެކްސް: 3307759
އީމެއިލް: [email protected]
21 ޛުލްޤަޢިދާ 1437