ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އައި.ޖީ.އެމް. ހޮސްޕިޓަލުގައި ފާޚާނާ ބަރިތަކެއް ހަދައިދިނުން
އައި.ޖީ.އެމް. ހޮސްޕިޓަލުގައި އާންމު ފާޚާނާ ބަރިތަކެއް ހެދުމަށް 9 ޖޫން 2016 ގައި ކޮށްފައިވާ ނަންބަަރު 137-IU/PR/2016/94 އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީ އަގުތައް މި ހޮސްޕިޓަލުން އަންދާޒާކުރާ އަގަށްވުރެ ބޮޑުކަމަށް ފާހަގަކުރެވޭތީ އެ އިޢުލާން ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
1- މިޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/35،000 (ތިރީސް ފަސް ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 118 (އެއްސަތޭކަ އަށާރަ) ދުވަހެވެ. ޕާޕޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓްގެ އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓް ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
2- މަޢުލޫމާތު ދިނުން އޮންނާނީ 2016 އޮގަސްޓު 29 ވާ ހޯމަަަ ދުވަހު 13:00ގައި އައޖީއެމް އެޗް ޖޭޒްމިން މީޓިން ހޯލުގައެވެ. ޕްރީބިޑް މީޓީންއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
3- ބީލަންް ހުށަހެޅުން އޮންނާނީ 2016 ސެޕްޓެންބަރު 7 ވާ އާދީއްތަ ދުވަހު 13:00 އައި.ޖީ.އެމް އެޗް ޖޭޒްމިން މީޓިން ހޯލްގައެވެ.
22 ޛުލްޤަޢިދާ 1437