މަސައްކަތް
ނަންބަރު: FNK-K (T)/FNK/IUL/2016/085
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:12
ސުންގަޑި: 04 ސެޕްޓެންބަރު 2016 00:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މައިކްރޯސޮފްޓް ޑައިނަމިކްސް އީ.އާރު.ޕީ ސޮފްޓްވެއަރ އިންސްޓޯލްކޮށް އިމްޕްލިމެންޓް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރުމާ ގުޅޭ

އިޢުލާން

މައިކްރޯސޮފްޓް ޑައިނަމިކްސް އީ.އާރު.ޕީ ސޮފްޓްވެއަރ އިންސްޓޯލްކޮށް އިމްޕްލިމެންޓް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރުމާ ގުޅޭ

މި ކުންފުނީގައި މައިކްރޯސޮފްޓް ޑައިނަމިކްސް އީ.އާރު.ޕީ ސްފްޓްވެއަރ އިންސްޓޯލްކޮށް އިމްޕްލިމަންޓް ކުރުމަށް އެދިލައްވާ ފަރާތްތަކަށް އެ މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ނުވަތަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ އިތުރު ތަފުސީލު ހިމެނޭ ބިޑް ޑޮކުއިމަންޓް ބައްލަވައިގަތުމާއި، މަޢުލޫމާތު ސެޝަނުގައި ބައިވެރިވުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު އެރުވޭނީ ހަމައެކަނި އީ.އޯ.އައި ހުށަހަޅުއްވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިލައްވާ ފާރާތްތަކުން މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ޑިވިޜަންގެ ރަސްމީ މެއިލަށް މެއިލްކުރުމުން ނުވަތަ މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގަތުމުން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަޖިސްޓަރީ ކުރުމުގެ ފަހު ތާރީޚަކީ 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016