ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ބެލުމުގެ ދަށުގައިވާ ހއ. ބާރަށު ''މަކުތަބު'' 15 އަހަރުގެ މުއްދަތަށް ހޮޓާ ކެފޭ އަދި ރެސްޓޯރެންޓް ހިންގުން ފަދަ ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާނީ މި އިދާރާއިން ވިއްކާ ބިޑްފޮތުގައެވެ. ބިޑްފޮތް 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުން ފެށިގެން 2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ ނިޔަލަށް، ބަންދު ދުވަސްތައް ފިޔަވައި ރަސްމީ ދުވަސްތަކުގައި 9:00 އިން 13:00 އަށް މި އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. އަދި ބިޑް ހުށަހެޅުމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ޕްރީބިޑް މީޓިންގ 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 13:00 ގައި މިި އިދާރާގައި އޮންނާނެއެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިވެވޭނީ ބިޑްފޮތް ގަނެފައިވާ ފަރާތްތަކަށެވެ. ބިޑްފޮތެއް ވިއްކާ އަގަކީ -/100 (އެއްސަތޭކަ) ރުފިޔާއެވެ.
ބިޑް ހުށަހަޅާނީ 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. ބިޑްފޮތް ގަތުމަށާއި، ޕްރިބިޑް މީޓިންގގައި ބައިވެރިވުމަށާއި، ބިޑް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި އިދާރާއިން ނެރުނު ނަންބަރު(IUL)257/257/2016/48 (15 ޖޫން 2016) އިޢުލާނަށް 3 ފަރާތަށްވުރެ މަދުން ބިޑް ހުށަހަޅާފައިވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ. އަދި ނަންބަރު (IUL)257/257/2016/52 (18 ޖުލައި 2016) އިޢުލާނާ ގުޅިގެން ޕްރިބިޑް މީޓިންގގައި 3 ފަރާތަށްވުރެ މަދުން ބައިވެރިވެފައިވާތީ، އެ އިޢުލާނުވެސް ވަނީ ބާޠިލުކުރެވިފައެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
14 ޛުލްޤަޢިދާ 1437