މަސައްކަތް
ނަންބަރު: (IUL)369-AS/369/2016/28
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 01 ސެޕްޓެންބަރު 2016 13:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މ. މަޑުއްވަރީގައި ބަށިކޯޓެއް އެޅުމާބެހޭ:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މ. މަޑުއްވަރީގައި ތަރައްޤީކުރެވޭ ބަށިކޯޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: (IUL)369-AS/369/2016/27 (11 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ހޯދުމަށް ބޭނުންވެގެން މި އިދާރާއަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އަންދާސީހިސާބު ހުށަހެޅޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި، އެބޭފުޅަކު ތަމްސީލުކުރައްވާ ކުންފުންޏަކުން ކުންފުނި ތަމްސީލު ކުރައްވަނީ ކޮންބޭފުޅެއްކަން އެނގޭނެ ސިޓީއެއް ގެންނަންވާނެއެވެ.

އަންދާސީހިސާބުތަކަށް މާކްސް ދިނުމުގައި އިވެލުއޭޓު ކޮމިޓީން ބަލާނެ މިންގަނޑު:

1- އެންމެ ކުޑަ އަގަށް: %80

2- މަސައްކަތް ނިންމައިދޭނެ އެންމެކުރު މުއްދަތަށް: % 15

3- ފަންނީގޮތުން ޤާބިލުކަންހުރި މިންވަރަށް: %5

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ޛުލްޤަޢިދާ 1437

21 އޮގަސްޓް 2016