މަސައްކަތް
ނަންބަރު: (IUL)242/242/2016/34
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި:
29 އޮގަސްޓް 2016 11:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިންޖީނު ނަގައި އެހެން އިންޖީނެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
"ހުވަދޫ 1" ދޯނީގައި އިންޖީނު އެޅުން:
މި އިދާރާގެ "ހުވަދޫ 1" (ރަޖިސްޓަރީ ނަންބަރު: G7334A-10.Q) ދޯނީގައި މިހާރު އަޅާފައިހުރި އިންޖީނު ނަގައި، ޔަންމާ 6 ސިލިންޑަރުގެ އިންޖީނު (އަތޮޅުގޭގެ ގޯތިތެރޭގައި ބެހެއްޓިފައިހުރި) ހުވަދޫ 1 ދޯނީގައި އަޅަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 29 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު (މި އިދާރާއިން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން) 2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުމަށް އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެކަމުގައިވެސް ދެންނެވީމެވެ.
19 ޛުލްޤަޢިދާ 1437
22 އޮގަސްޓް 2016