ދިވެހިރާއްޖެ
އިޢުލާން
ށ. ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ ވޮލީކޯޓު އެޅުމާބެހޭ:
ށ. ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ ވޮލީކޯޓު އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)281-ESMS/INDIV/2016/10 (3 މޭ 2016) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރި ވާހަކަ ދެންނެވީމެވެ. ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް އަންދާސިހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ކެނޑުމާއި މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލުގެ ނާއިބުރައީސް ޢަލީ ޝަހީމް، 9756575 އާ ގުޅުއްވުން އެދެމެވެ.
18 ޛުލްޤަޢިދާ 1437